ކާޅަކީ މުޖުތަމަޢުއަށް ގެއްލުންދޭ
ދޫންޏެއްބާ؟
1.
ވާލާ ކާޅަކީ ދިވެހިރާއްޖޭގައި އުޅޭ ދޫނި/ ޖަނަވާރުގެ ތެރޭގައި ހިމެނޭ،
ދިވެހިން އެހާ ހިތްހަމަޖެހޭ އެއްޗެއްސެއްނޫނެވެ. ދުވަސް ދުވަސް ކޮޅުންނާ
މަސްމަހުން އަދި އަހަރަކު އެއްފަހަރުހެން ކާޅު/ވައު ގިނަވެ އުދަގޫ ވުމުން މަރަމުން
ގެންދެއެވެ. މި ދެޖަނަވާރުގެ ފަރާތުން ފޯރާ އުދަގުލާއި ލިބޭނެ ފައިދާ ތަކަށް ފުންނަޒަރަކުން
ބަލައިލާއިރު ވަރަށްގިނަ ފައިދާތަކެއްވެސް ލިބެމުންދާ ދެ ޖަނަވާރުކަން
ފާހަގަކުރެވެއެވެ. މިގޮތުން މިފަހަރު ބަލައިލާނި ކާޅުގެ ތަޢާރަފަކަށެވެ.
2.
ކާޅަށް އާންމުކޮށް ކިޔާނަމަކީ
“house
crow”
ނުވަތަ ގެވެހި ކާޅު – ސައިންސްވެރިން ދީފައިވާ ނަމަކީ "ކޯރވުސް
ސްޕްލެންޑެންސް" (corvus splendens). އަދި މިއަށް
ކޮޅުނބު ކާޅޭވެސް ކިޔައެވެ. ކާޅު ނިސްބަތްވަނީ އޭޝިޔާއަށް ކަމުގައި ވީނަމަވެސް
ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިކާޅުވަނީ ފެތުރިފައެވެ. މީވެސް އާގުބޯޓުފަހަރުގެ
އެހީގައިކަމަށް މާހިރުން ބުނެއެވެ. ދިވެހިރާއްޖޭގައިވެސް
އުޅެނީ މިވައްތަރުގެ ކާޅެވެ. މިކާޅުގެ ބޮލުން ފެށިގެން މޭމައްޗާހަމަޔަށް ވާ
ހިސާބުގެ ކުލައަކީ ވަރަށް އޮފުއަރާ ކަޅު ކުލައެކެވެ. ކަނދުރާ މައްޗާއި ބަނޑުދަށުގެ
ކުލައަކީ އަޅިއާ މުށިކުލަ އެކުވެގެންވާ ކުލައެކެވެ. ފިޔަގަޑާ ފަޔާއި ފިދުފަތުގެ
ކުލައަކީ ކަޅުކުލައެވެ. މި ކުރު ތައާރަފަށްފަހު ދެންބަލައިލާނީ މީތި ކައި އުލޭ
ގޮތަށެވެ.
3.
ކާޅަކީ ވަރަށް ގިނަ ބާވަތުގެ އެއްޗެހި ކައި އުޅޭ ދޫންޏެކެވެ. މީގެ ތެރޭގައި
އެހެނިހެން ދޫނި، މޭވާ، އެކިފާޑުގެ ބަދަން، ފިނިހަކަ (snails/slugs)، ކިލާފަނި، އޮށް،
ބޮއް، ރޯބިސް، އެކި ދޫނީގެ ފިޔޮއް، މީދާ އަދި މުޅަ މަހާއި ކުނިވާ ޒާތުގެ އެއްޗިހި
މިމެނެއެވެ. ކާޅަކީ އޭގެ ޒާތުގައި ދަޑުތަކަށް ގެއްލުންދޭ އެއްޗެއް ނޫނެވެ.
ނަމަވެސް މީތި ޝިކާރަކުރަން ނުވަތަ ސޫފިވަދަ ތަކެތި ކާން ދަޑުތައް އެކުލެވޭ
ސަރަހައްދުގައި އުޅުމުގެ ތެރޭގައި ދަޑުތަކަށް ގެއްލުން ލިބެއެވެ. ހަގީގަތުގައި
ކާޅަކީ ދަޑުވެރިންނަށް އެހީތެރިވެދޭ ދޫންޏެކެވެ. ކާޅު ބިރުގަންނަވާ ސޫރަ އެއްޗެހި
ހަދާ ހަރުކޮށްފައި ނުންނަނީ މިސަބަބައްޓަކައެވެ. ނަމަވެސް މޭވާ ދަނޑުތަކަށް ގަސްތުގައި
ގެއްލުން ނުދެއެކޭވެސް ނުބުނެވޭނެއެވެ.
4.
ކާޅު ކައި އުޅޭއެއްޗެއްސަށް ބަލައިލުމުންވެސް މީތިން ލިބޭ ފައިދާތަކެއް
ވާކަން ދެނެގަތުމަކީވެސް ވަރަށް މުހިއްމުކަމެވެ. އަވައްޓެރި ބައެއްޤައުމުގެ މީހުން
ބުނާ ގޮތުން ކާޅުގެ ފުށުން އެމީހުންނަށް ލިބެނީ ފައިދާއެވެ. ތިމާވެށި ކުނިބުނިންނާއި
މުޅަތަކެތިން ސާފުކޮށްދޭ އެއް ޖަނަވާރަކީ ކާޅުކަމަށް ގިނަބަޔަކު އެއްބަސް ވެއެވެ.
ޙަޤީގަތަކީވެސް މިއީއެވެ. ނަމަވެސް އެ ރަށެއްގައި ދިރިއުޅޭ އާންމުންގެވެސް
ޒިންމާއެއް ވެއެވެ. އެއީ ގޯތި ގެދުރުގައާއި މަގުމަތީގައި ހުންނަ ކުނިއަޅާ ވަށި/ފޮށި
ތަކުގައި މަތިޖަހާފައި ބެހެއްޓުމާއި އެކި ތަންތަނަށް ކުނި ނޭޅުން ހިމެނެއެވެ.
އޮޅިގެންވެސް ކުނިހުރެއްޖެނަމަ ކާޅުއައިސް އެތަނެއް ސާފުކުރެއެވެ.
5.
ކޮންމެއަކަސް ކާޅަކީ އާންމުން ދިރިއުޅޭ ސަރަހަދުތަކުގައި އެ އުޅުމުން އުދަގު
ފޯރާނެ ދޫންޏެއްކަމުން، ކާޅުގެ އުދަގުލުން ރައްކާތެރިވުމަށް އެޅިދާނެ ބައެއް
ފިޔަވަޅުތައް ފާހަގަކޮށްލުން މުހިންމެވެ.
6.
ފުރަތަމަކަމަކަށް ކާޅަށް ކާއެއްޗެހި ލިބުން ދަތިކުރުން:
·
ކުނިއަޅާ އެއްޗެހީގައި މަތިޖަހާފައި ބެހެއްޓުން
·
ކުނިއަޅާ ޑަސްޓްބިން ފަދަ ތަކެތި ކާޅަށް ނުވަދެވޭ ކަހަލަ ތަންތާގައި ބެހެއްޓުން
އަދި ވީ އެންމެ އަވަހަކަށް ކުނިގޮޑަށް ކުނި އުކާލުން (ކުނިގޮނޑު އެންދުމުގެ
ނިޒާމެއް ޤާއިމްކުރެވިފައި ހުރުމަކީ މުހިންމުކަމެކެވެ.)
·
ކުނި އުކާލުމުގައި ޑަސްޓްބިން/ ކުނިއަޅާތަކެތި ފުރި ބަންޑުންވާ ގޮތަށް
ޕިކަޕް/ގާޑިޔާގައި ބަހައްޓައިގެން ނުގެންދިއުން.
·
ގަސްގަހަށް އަންނަ ދޫންޏަށް ކާންއަޅާ ތަށި ފަދަތަކެތިވަށައި ކުދި ދޫންޏަށް
ވަދެވޭވަރަށް ހުންނަ ދާޖަހައި ބަންދުކޮށްފައި ބެހެއްޓުން.
7.
ގެދޮރާއި ބަގީޗާ ހިމާޔަތްކުރުން:
·
ފެންސު/ ވަށާފާރު މަތީބައިގައި ކަށިނަރު ނުވަތަ ފުޅިތޮށި ފަދަ ތޫނު އެއްޗިހި
ހަރުކޮށްފައި ބެހެއްޓުން، އެގޮތުން ދޫނި ފަދަ ޖަނަވާރު ޖައްސަން ޖެހިލުންވުން.
·
މޭވާ ގަހާއި ދަނޑު ސަރަހައްދުގައި ދާ ޖަހާ ރައްކާތެރިކޮށްފައި ބެހެއްޓުން
·
ކާޅު/ވައު ބިރުގަންނަވާ ޒާތުގެ ތަކެތި ހަދައި މުހިންމު ސަރަހައްދުތަކުގައި
ބެހެއްޓުން (ދަޅު ސެޓު، ފުއްޕާހަން، ދިދަ، ނުވަތަ ވައު/ކާޅު ބިރުގަންނަވާ ބުދު)
8.
މީގެ އިތުރުން ގޯތިތެރޭގައި ހުންނަ ގަސްގަހުގައި ހާލިހެދިޔަނުދިނުމަށްޓަކައި
އެއެއްޗިއްސަށް އުނދަގޫވާގޮތަށް އެކި އަޑު-އަޑު އިއްވުން (ދުންމާރު ބެރު ނުވަތަ
ޓޭޕްރިކޯޑިންނަކުން)، ކާޅު/ދޫނީގެ ހަރަކާތުން މަސައްކަތްކުރާ ފެން ސްޕްރޭކުރާ
ގޮތަށް ތަކެތި އީޖާދުކޮށް ހަރުކޮށްފައި ބެހެއްޓިދާނެއެވެ. މީގެ އިތުރުން މުޅިގޯތި
ސަރަހައްދު ވަށައި ބޮޑު ގޮޅި ދާ ޖަހާފައިވެސް ބެހެއްޓިދާނެއެވެ. އެގޮތުން ކާޅު
މެރުމަކީ އެންމެ ފަހުމަރުހަލާކަމުގައި ހަދަންވާނެއެވެ...
No comments:
Post a Comment